Last Updated: July 29, 13:58
Tuesday, July 29, 2025
ޚަބަރު

ތައިލޭންޑް ސަފީރަކަށް ފުއާދު އައްޔަން ކުރަނީ

ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފުއާދުގެ ނަން ހުށަހަޅުއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ސިޓީ ވެސް އިއްވައިފަ އެވެ. އެ ސިޓީގައި ފުއާދު، ތައިލެންޑްގެ ސަފީރުކަމަށް އައްޔަނު ކުރުމާމެދު މަޖިލީހުން ނިންމެވަވާ ގޮތް އެންގެވުމަށް އެދިފައިވެ އެވެ.

އެހެންވެ އެކަމާ މެދު ގޮތެއް ނިންމުމަށް ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ފުއާދުގެ އީސީގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއީ ދެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެންނެވެ.