ރ. އަތޮޅުގެ ސްކޫލުތަކުގެ އިސްވެރީންނަށް ލީޑަޝިޕް އެންހޭންސްމެންޓް ވޯކްޝޮޕެއް ބާއްވައިފި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް އުނގޫފާރުގައި ބޭއްވި ވޯކްޝޮޕްގައި ރ. އަތޮޅުގެ 16 ސްކޫލަކުން ޕްރިންސިޕަލުންނާއި ލީޑިން ޓިޗަރުން ހިމެނޭހެން ޖުމްލަ 34 ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައި ދެއްވީ މެލޭޝިއާގެ ބޭފުޅެއް ކަމަށްވާ ޑރ. ބާލަސަންދުރަ އެވެ.
މީގެ މައިގަނޑު މަގުޞަދަކީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށް، އެކަންކަމަށް އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، ބައިވެރިންގެ މެދުގައި ރަނގަޅު ނެޓްވޯކެއް އުފެދި، ކުރިމަގުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، މަޢުލޫމާތު ޙިއްޞާ ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މި ސިލްސިލާގެ ވޯކްޝޮޕްގެ ތެރެއިން މީގެ ކުރިން ގދ، ގއ، ކ، މާލެ، އައްޑޫ، ފުވައްމުލައް، އއ، ވ، މ، ފ، އަދި ދ އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.