Last Updated: July 26, 13:47
Sunday, July 26, 2026
ޚަބަރު

ސްކޯޕް ކޮންސަލްޓެންޓަކާ ހަވާލުކޮށްފި

އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްގެ ސްކޯޕް ޑިވެލޮޕްކުރުމަށް ކޮންސަލްޓެންޓަކާ ޙަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ މަސައްކަތް ޙަވާލުކުރީ ޙުސައިން ޝިނާންއާ އެވެ.

މިއީ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ މަލްޓިޕްލަޔަ ގްރާންޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެ ގްރާޓްގެ އެހީގައި ތަރައްގީކުރާ އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމާއެކު، ތައުލީމީ ނިޒާމުގެ ހުރިހާ ހަރުފަތެއްގައި ވެސް، ގަރީނާ އަށް ރިއާޔަތް ކޮށްގެން (އެވިޑެންސް ބޭސްޑް) ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރު ކުރެވިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި މީގެ ސަބަބުން ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތަޢުލީމީ ދާއިރާގެ ރޭވުންތެރިކަމާއި މާލިއްޔަތު ބެލެހެއްޓުމާއި، މޮނިޓަކޮށް ވިލަރެސް ކުރަން ވެސް ފަސޭހަވެގެން ދާނެ އެވެ.