މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ކިލޯއެއްހާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ލ. ކަޅައިދޫ، އެވަ ގްރީން، މުހައްމަދު އައިޝަރު ޔޫސުފް، 22، އެވެ.
މި މައްސަލައިގައި އޭނައާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާތީ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ވެސް ޖަހައިފަ އެވެ. އެގޮތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައިޝަރު ކަސްޓޯޑިއަން ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.
ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި ވެސް އިއްޔެ ކަސްޓަމްސް އިން އަތުލައިގެންފައިވާ އިރު، ރާއްޖެ ސަރަހައްދުން އަތުލައިގަތް ސްރީ ލަންކާގެ މަސްބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި ފުލުހުން އިއްޔެ އަތުލައިގެންފައިވެ އެވެ.