Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ސްކޭޓް ޕާކްގައި ބަރަހަނާވެގެން ހުރި މީހަކު ހައްޔަރަށް

ހުޅުމާލޭ ރެޑްބުލް ސްކޭޓް ޕާކުގައި ބަރަހަނާވެގެން ހުރި ފިރިހެނަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެކަމާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެހެންވެ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއެއްގައި ބަރަހަނާވެގެން ހުރި ސްކޭޓްޕާކުގައި ސިނގިރޭޓެއް ބޯން އިންނަ މަންޒަރު ފެނެއެވެ. އަދި އޭނަ ކައިރީ ޓީޝާޓަކާއި ހެލްމެޓަކާއި ދަބަހެއް އޮތް ތަން ވެސް ފެނެ އެވެ.