އިލެކްޝަން ކޮމިޝަން އީސީ) ގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފު ވަކިކޮށް، ޑރ. މުޙައްމަދު ޒާހިރު ވަކިނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޝަންގެ ތިން މެންބަރަކި ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މި މަހުގެ 12 ގަ އެވެ. އެ މައްސަލާގައި އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ނަޝާތާއި މެންބަރު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށެވެ.
ނަމަވެސް މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެބޭފުޅުން އީސީން ވަކިކުރުމަށް ވޯޓަށް އެހުމުން މަޖިލީހުން ފާސްކޮށްފައި ވަނީ ނަޝާތާއި އާސިފް ވަކިކޮށް، ޒާހިރު މަގާމުން ވަކިނުކުރުމަށެވެ. އެގޮތުން ނަޝާތު ވަކިކުރުމަށް ފާސްކޮށްފައި ވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އާސިފް ވަކިކުރުމަށް 68 މެންބަރުން ވޯޓު ދެއްވި އެވެ.
މެމްބަރު ޒާހިރު ވަކިކުރަން ވޯޓަށް އެހުމުން އޭނާއަށް އިތުބާރު އޮތްކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވި އެވެ.
އީސީގެ ދެ މެންބަރަކު ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވާ އިރު އެ ބޭފުޅުން ވަކިކުރަން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައިޮވެ އެވެ. އެގޮތުން އެބޭފުޅުންގެ މައްޗަށް 19 ތުހުމަތެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކޮށްފައިވެ އެވެ.