Last Updated: July 26, 13:47
Sunday, July 26, 2026
ޚަބަރު

ފާސްކުރީ ސީއެސްސީގެ ރައީސް ވަކި ނުކުރަން

މަގާމު ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތުތަކެއް ކުރެވުނު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު މަގާމުގައި ބަހައްޓަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އޭނަ މަގާމުން ވަކި ނުކޮށް ބަހައްޓަން ނިންމީ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 64 މެންބަރުގެ އަގުލަބިއްޔަތުންނެވެ.

ނާސިހު ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރެކެވެ.

އޭނަ ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށްފައިވެ އެވެ. އެ ދިރާސާގެ މައްޗަށް ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މަޖިލީހުގެ ތަޅުމަށް އިއްވެވި އެވެ.