Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރަކަށް، ޖީ. ބަލަސުބްރަމާނިއަން އައްޔަންކުރަން ނިންމައިފި އެވެ.

މި މަގާމުގައި މިހާރު ހުންނެވީ، މުނޫ މަހާވަރެވެ. އޭނާގެ ދައުރު މި މަހު ހަމަވާނެ އެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރު އެވެ.

ބަލަސުބްރަމާނިއަމަކީ މި ވަގުތު އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރެވެ. އޭނާ އަންނަނީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.