Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

10 އަހަރުގެ ކުއްޖަކާ ބެހިގެން މީހަކު ހައްޔަރަށް

އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކާ ބެހިގެން 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ހިމެނޭ ރަށަކުން، ޖިންސީ ގޯނާގެ އެ މައްސަލަ ރިޕޯޓު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމަނުކޮށް ފުލުހުން ބުނީ، އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާއާ ބެހުނު މީހާ އަކީ އެ ކުއްޖާ ދާ ޤުރުއާން ކުލާސް ހިންގާ ޤާރީ އެވެ. އަދި އޭނަ އަކީ ރަށު މިސްކިތެއްގެ މުދިމެއް ވެސް މެ އެވެ.

ރާއްޖޭގައި އެންމެ އާންމު ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިމެނެ އެވެ.