Last Updated: July 29, 13:58
Tuesday, July 29, 2025
ޚަބަރު

މިފްކޯގެ ދެ ބޯޓެއް ނީލަމުގައި ވިއްކާލަނީ

މިފްކޯގެ ދެ ބޯޓެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ބުނީ ވިއްކާލަނީ މަސް ކިރަން ބޭނުން ކުރަމުން އައި "ރަނދި 22" އާއި "ރަނދި 27" ކަމަށެވެ. މި ދެ ބޯޓްގެ ތެރެއިން "ރަނދި 22" ގެ ނީލަން ފެށޭ އަގަކީ 500،000ރ. އެވެ. "ރަނދި 27" ގެ ނީލަން ފެށޭ އަގަކީ 600،000ރ. އެވެ.

ނީލަމުގައި ދެ ބޯޓަށް ވެސް މަދުވެގެން އިތުރު ކުރެވޭނީ 25،000ރ. ކަމަށް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ވަގުތު ޅ. ފެލިވަރުގައި އޮތް ބޯޓުތަކުގެ ހާލަތު ބަލަން ބޭނުންވާ ފަރާތްތަކުން ފެލިވަރަށް ދިޔުމުން ބޯޓުގެ އިންސްޕެކްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ރަނދި 22" އަކީ ދަގަނޑު ބޯޓެކެވެ. އެއީ 1988 ވަނަ އަހަރު ސްރީ ލަންކާގެ ކޮލޮމްބޯ ޑޮކްޔާޑުގައި ހެދި ބޯޓެކެވެ. މިފްކޯއަށް އެ ބޯޓު ގަތީ 2010 ގަ އެވެ. ޖުމްލަ 36 މެޓްރިކް ޓަނުގެ އެ ބޯޓު ބޭނުނން ކުރިން މިފްކޯ އިން އޮތީ 2021 ގައި ހުއްޓާލައިފަ އެވެ.

"ރަނދި 27" އަކީ ފައިބަރު ބޯޓެކެވެ. އެ ބޯޓު ގަތީ 2018 ގަ އެވެ. ޖުމްލަ 50 މެޓްރިކް ޓަނުގެ އެ ބޯޓް 2018 ގެ ޖެނުއަރީގައި ބޭނުން ކުރުން މިފްކޯ އިން އޮތީ ހުއްޓާލައިފަ އެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރު ކުރަން މިދިޔަ އަހަރުގެ ތެރޭގައި އާ ބޯޓްތަކެއް ގެނެސްފައިވެ އެވެ.