Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭގައި ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ކުއްޖާގެ ގައިގައި ފަތިބުރިއަކުން ޖެހި މީހާ އަކީ އެ ކުއްޖާއާ އާއިލީ ގޮތުން ގުޅުން ހުރި މީހެކެވެ.

ރާއްޖޭގެ އެންމެ އާންމު ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ގެވެށިއަނިޔާގެ މައްސަލަތައް ހިމެ އެވެ.