Last Updated: June 22, 18:06
Monday, June 23, 2025
މުނިފޫހިފިލުވުން

ކާޖޮލް އާ ޕްރޮޖެކްޓެއް ނިންމާލައިފި

ބޮލީވުޑްގެ ބަތަލާ ކާޖޮލް އާ ޕްރޮޖެކްޓެއްގެ މަސައްކަތް މިއަދު ނިންމާލައިފި އެވެ.

އެ ވާހަކަ ސޯޝަލް މީޑިއާގައ ވެސް އޭނަ ފޮޓޯތަކަކާ އެކީ ހިއްސާކޮށްފައިވެ އެވެ. އެކަމަކު އެ ޕޯސްޓްގައި މިއީ ކޮން ޕްރޮޖެކްޓެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ފޮޓޯތަކުން ކާޖޮލްއާ އެކީ ފެންނަ މީހުންގެ ތެރޭގައި ބަތަލާ ކުބްރާ ސައިތާއި އެކްޓަރު ޖިއްޝޫ ސެންގުޕްތާގެ އިތުރުން ސްކްރީން ރައިޓަރު ނިރަންޖަން އަޔަންގަރް ހިމެނެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން މިސްޓްރީ ތުރިލާ "ދޯ ޕައްތީ" އިންނެވެ.

މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަރްޒަމީން"، "މަހާރާގްނީ: ކްއީން އޮފް ކްއީންސް" އަދި "މާ" ހިމެނެ އެވެ.