އަނިޔާ ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އާއި ސޮސައެޓީ ފޮ ހެލްތު އެޑިޔުކޭޝަން (ޝީ) އާ ދެމެދު އެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރިން އިންތިޒާމުކޮށްގެން މަދަނީ ޖަމިއްޔާތަކާ އެކީ ބޭއްވި މަހާސިންތާ އިއްޔެ ނިންމައިލުމުގެ ކުރިން މި އެއްބަސްވުމުގައި އެފްޕީއޭޢގެ ފަރާތުން އިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާމިނަތު ޝިރާނީ އެވެ. ޝީގެ ފަރާތުން ސޮއިކުރެއްވީ ބޯޑުގެ ވައިސް ޗެއާޕާސަން ޢާއިޝަތު ނޫރާ މުޙައްމަދެވެ.
އެފްޕީ އޭއިން ބުނީ އެއްބަސްވުމުގެ ދަށުން، ގެވެ އަނިޔާ އާއިު ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އާއި ގުޅިގެން އޮތޯރިޓީއަށް ހުށަހެޅޭ އަދި ރިފަކުރެވޭ މައްސަލަތަކުގައި، ކައުންސެލިން، ސައިކޯސޯޝަލް ސަޕޯޓް އަދި ޕޭރަންޓިން ސެޝަންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ޝީއާ ގުޅިގެން ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ. އަދި އަނިޔާގެ އަމަލުތައް ހިންގާ ފަރާތުން ކައުންސެލިންގެ ޚިދުމަތަށް އެދޭ ހާލަތުގައި ވެސް އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.
އެފްފީއޭ އިން ބުނީ މިއީ އަނިޔާ ލިބޭ ފަރާތުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ނަޒަރިއްޔާތުން، އެ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ އަދި ނަފުސާނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، އެފަދަ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އަނިޔާ ކުރާ ފަރާތްތައް ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އަނބުރައި މުޖުތަމައަށް ނުކުތުމަށް ބޭނުންވާ އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ތެރެއިން ދެވިގެން ދާނެ އެވެ.