"ވީ ވޭވްސް: ބްރެއިން އެންޑް ބިހޭވިއާ ލެބް" ވިލާ ކޮލެޖުގައި ހުޅުވައިފި އެވެ.
އެ ކޮލެޖުން ސިލްސިލާކޮށް ބާއްވަމުން އަންނަ "ސައިކޮލޮޖީ ސިމްޕޯޒިޔަމް" ގެ ތެރެއިން މި އަހަރު ކުރިއަށް ގެންދާ ސިމްޕޯސިއަމްގައު އެ "ބްރެއިން ލެބް" ހުޅުވައި ދެއްވީ ނެޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް، ޑރ. އާފިޔާ އަލީ އެވެ.
އާފިޔާ ވިދާޅުވީ އެފަދަ ލެބެއް ގާއިމުކުރުމުން، ސައިކޮލޮޖީ އާއި ކްލިނިކަލް ދާއިރާއިން ފަރުވާ ހޯދާ ފަރާތްތަކަށް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ފަރުވާ ދިނުން ހަރުދަނާވެގެން ދާނެ ކަމަށެވެ.
"ބްރެއިން ލެބް" ގައި ސިކުނޑީގެ ހިނގުންތައް ބެލުމަށް ބޭނުންކުރާ އިލެކްޓްރޯ އެންސެފަލޯގްރާމް (އީއީޖީ) ބޭނުން ކުރާ ގޮތް ވެސް އިއްޔެ ދައްކައިލި އެވެ.
އެގޮތުން އީއީޖީގެ އެހީގައި ބްރެއިން ވޭވްސް މޮނިޓާ ކުރާ ގޮތާއި، ނިއުރޯ ސައިންސް އަދި ސައިކޮލޮޖީގެ ދާއިރާއިން ދިރާސާގެ މައްޗަށް ބިނާކޮށް، ޑިޕްރެޝަން، އެންޒައިޓީ، އޯޓިޒަމް، އެޓެންޝަން ޑެފިސިޓް ޑިސްއޯޑާސް، އަލްޒައިމާސް، އަދި ޑިމެންޝިއާ ފަދަ ކަންތައްތަކަށް ފަރުވާ ދިނުމަށް ކުރިއެރުން ލިބިގެން ދާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.