ސިޔާސީ މަގާމެއްގައި ހުރެގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭ ގޮތަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ތިނަދު އަށް ސިޓީއެއް ދަރަޖަ ދީފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ އެކަން ބާތިލުކުރަން މިދިޔަ ހަފުތާގައި ރައީސް އޮފީހާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅުމުން މި ހަފުތާގައި މަގާމުން ވަކިކުރިއެންވަޔަރަމަންޓްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ދިފާއުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ރާގިބު ވަކާލާތު ކުރި މައްސަަލައެއްގައި ކުރިން ހޫނުވެ ހައި ކޯޓުން ވަނީ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
އެކަމާ ގުޅިގެން ރާގިބް ވަނީ އެ މައްސަލަ މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވައިފަ އެވެ.
ނަމަވެސް އެ މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.