Last Updated: July 29, 13:58
Tuesday, July 29, 2025
ޚަބަރު

ވިސާއާ ނުލައި ތަޖިކިސްތާނަށް ދަތުރު ކުރެވޭނެ

މަސް ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރު ކުރެވޭނެ މަގުފަހިވާ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ.

އެމެރިކާގެ ނިއުޔޯކްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙަައްމަދެވެ. އަދި ތަޖިކިސްތާނުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާ އެކު، މިހާރުވެސް އަމަލުކުރަމުން އަންނަ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާ ނުލާ 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވެގެން ދާނެ އެވެ.