ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށައަޅުއްވައިފި އެވެ.
މިއަދުގެ ޖަލްސާ ފަށްޓަވައި ދެއްވައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި ދައުރުގެ މުއްދަތު އިތުރު ކުރަން ގަސްތުކުރައްވަނީ މަޖިލީހުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އަންނަ މަހުގެ 15 އާ ހަމައަށް ދައުރު ދަންމާލަން ހުށަހެޅުއްވި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި ދައުރުގެ ފަހު ދުވަހަކީ މި މަހުގެ 30 އެވެ.
ދައުރު އިތުރުކުރެވޭނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެހެންވެ އަންނަ މަހުގެ 15 އާ ހަމައަށް ދައުރު އިތުރުކުރުމަށް މިއަދުގެ ވޯޓުގެ ވަގުތުގައި ވޯޓަށް އެހުމަށް ތައާވަލުކޮށްފައިވެ އެވެ.