Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މާލޭގެ މޫދުން ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެއީ ދިވެއްސެއް ކަމަށާއި އެ މީހާ މިހާރު އޮތީ އައިޖީއެމްއެޗްގައި ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ބައެެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަހަމްތަކަކާ އެކީ މޫދުން ފެނުނި މީހާ އަކީ ބަޔަކު އަނިޔާކޮށް އެއްލާލާފައި އޮތް މީހެކެވެ.