Last Updated: June 10, 00:02
Wednesday, June 10, 2026
ސިޔާސީ

މަޖިލީހުގެ މި ދައުރު ދަންމާލަން ފާސްކޮށްފި

މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު އަންނަ ޑިސެމްބަރު 15 އާ ހަމައަށް ދިގު ދަންމައިލަން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު ފާސްކުރުމަށް ހުުށަހެޅުއްވީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ.

ތިން ވަނަ ދައުރު ދަންމައިލަން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.

ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެން ދާނީ ތިން ދައުރުގެ މައްޗަށެވެ. ދައުރުތަކުގެ ތަފުސީލުގެ ގޮތުގައި އޮންނަނީ މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން ފެށިގެން މޭ މަހުގެ 15 އާ ހަމައަށެވެ.

ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ އިރު، މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ނަމަވެސް މިއަދު ނިންމީ ދައުރު އަންނަ މަހުގެ 15 އަށް ދަންމައިލުމަށެވެ.