Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އޮޅިގެން ގެއަކަށް 400،000ރ. ގެ ކަރަންޓް ބިލެއް

ށ. ކޮމަންޑޫގެ ގެއެއްގެ ކަރަންޓް ބިލަށް 400،000ރ. އަށް ވުރެ ބޮޑު އަދަދެއް އެރި ކަމަށް ބުނެ ބިލް ފޮނުވުނީ ރީޑިން ނެގުމުގައި ދިމާވި ކުށަކާ ގުޅިގެން ކަމަށް ފެނަކަ އިން ބުނެފި އެވެ.

އެ ގޭގެ ކަރަންޓް ބިލް ސޯޝަލް މީޑުއާގައި ދައުރުވެ، ގިނަ ބައެއްގެ ފާޑުކިޔޔުންތައް ވެސް އަމާޒުވެފައި ވަނިކޮށް ފެނަކަ އިން މިއަދު ހަވީރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ ބިލަކީ އަލަށް އިންސްޓޯލް ކުރެވުނު މީޓަރެއްގެ ރީޑީން އެޅުމުގައި ދިމާވި ކުށަކާ ގުޅިގެން ހެދުނު ބިލެެއް ކަމަށެވެ.

އެހެންވެ އެކަން ފާހަގަ ކުރެވިގެން، މިހާރު ވާނީ ކަސްޓަމަރަށް ގުޅައި ބިލް އިސްލާހު ކުރުމަށް ފަހު ރަނގަޅު ބިލު ފޮނުވާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ކުރިން ފޮނުވި ބިލަށް ޖުމްލަ 412،648.27ރ. އަރާފައި އޮތެވެ.