ދައުލަތުގެ އެކި އިދާރާތަކުން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިސްރަށްވެހިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ މިނިސްޓްރީއާއެކު ޕެންޝަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިއަދު ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުޖާތާ ޙަލީމެވެ. މިނިސްޓްރީގެ ފަރާތުން އޮސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާޢީލެވެ.
މި އެއްބަސްވުމުގެ ދަށުން، ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އިސްރަށްވެހިންގެ ރަޖިސްޓްރީ ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ޕެންޝަން އޮފީހުން މިނިސްޓްރީ އަށް ފޯރުކޮށް ދޭނެ އެވެ.