Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

މަޖިލީހުގެ އިދާރާ އަށް މީޑިއާ ޑިރެކްޓަރަކު ހޯދަނީ

ރައްޔިތުން މަޖިލީހުގެ އިދާރާ އަށް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. މީޑިއާ ޑިރެކްޓަރުގެ މުސާރައަކީ މަހަކު 15,950ރ. ރުފިޔާ އެވެ. އަދި މުސާރާއިގެ އިތުރަށް ހަމަޖެހިފައިވާ އުސޫލުން އިތުރު އެލަންވެންސްތައް ލިބޭނެ އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން ޒިޔާއު އެވެ. އެ މަގާމާ 2019 ގައި ހަވާލުވެވަޑައިގަތް ޒިޔާއު ވަނީ މިދިޔަ މަހުގެ 21 ގައި މަގާމުން ވަކިކޮށްފަ އެވެ.