Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

މިނިސްޓަރު ޝިޔާމްގެ އިތުރު ކައިވެންޏެއް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވެސް އިތުރު ކައިވެންޏެއް ބައްލަވައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ކުރިން މަޖިލިސް މެންބަރުކަން ވެސް ކުރެއްވި ޝިޔާމް މިދިޔަ ހޮނިހިރު ދުވަހު ދެއަންބަށް ކައިވެނި ބައްލަވައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު އީނާ މޫސާއާ އެވެ.

ޝިޔާމާ ކައިވެނި ބައްލަވައިގަތް އިރު، ބ. ތުޅާދު އަށް އުފަން އީނާ ގެންދަވަނީ މެލޭޝިއާގައި ކިޔަވަމުންނެވެ.

ޝިޔާމްގެ ފުރަތަމަ ކައިވެންޏަށް ދެ ބޭފުޅުން ލިބިބަޑައިގެންފައިވެ އެވެ.