Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވަގަކު އަލަމާރީއެއްގެ ތެރެއިން އަތުލައިގެންފި

މާލޭގައި ވައްކަމުގެ މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން މީހަކު ހައްޔަރުކުރަން ދިއުމުން ގޭގެ ކޮޓަރިއެެއްގެ ތެރޭގައި ހުރި އަލަމާރިތެރޭގައި ފިލައި އޮއްވައި އަތުލައިގަނެ، ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ކުޅުދުފުއްޓަށް ނިސްބަތްވާ 33 އަހަރުފގެ ފިރިހެނެކެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރފީ ދަންވަރު ގެއަކަށް ދެ ފޯނު ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ.

ކޯޓުގައި ވަގު ހުރީ ހަނެވެ.