ލ. ފިނަދޫގައި ޝޮޕިން ކޮމްޕްލެކްސްއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން ބުނީ އެކަމަށް 15،000 އަކަފޫޓްގެ ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ބީލަނުގައި ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 2 އާ ހަމައަށެވެ. އަދި މިކަަމަށް ހާއްސަ ބިޑް ޑޮކިއުމަންޓްގެ އަގަކީ 150ރ. އެވެ.
މި ލިންކް https://forms.gle/ychU8XieqgJfgFsy8 މެދުވެރިކޮށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނެ އެވެ.