Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

ގާޑިޔާ ވިޔަފާރި އަށް މަރަދޫން 9 ބިމެއް ދޫކުރަނީ

މަރަދޫ ބަނދަރު ސަރަހައްދު މަތިން ފެންނަ ގޮތް. ފޮޓޯ/ އަހުމަދު ފާރިސް

ގާޑިޔާ ވިޔަފާރި އަށް އައްޑޫ މަރަދޫން ނުވަ ބިމެއް ކުއްޔަށް ދޫކުރަން ނިންމައި، އެ ބިންތަކަށް ކުރިމަތިލާން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ އެއް އަހަރު ދުވަހަށް ކަމަށެވެ.

ގާޑިޔާ ވިޔަފާރި އަށް ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތްތަކަށެވެ. އެގޮތުން ޕޮއިންޓް ދިނުމުގައި ވަކި ކަންތައްތަކަކަށް ބަލާނެ އެވެ.

ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 5 އާ ހަމައަށެވެ.