Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

ކާރެއްގައި ރޯކޮށްލި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވަނީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު، 35، އާއި އދ. މާމިގިލި ބްލޫވިންޑް، ހަސަން ނަސީމް، 31، އެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު ބުރުޒުމަގު ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ. އެބަވެ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.