އެކި ދާއިރާތަކުން ވޮކޭޝަނަލް ތަމްރީނުތައް ހިންގަމުން އަންނަ ޕޮލިޓެކްނިކް ރިބްރޭންޑް ކުރަން ނިންމައިފި އެވެ.
ހަޔަމ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިއާ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ޕޮލިޓެކްނިކް ޒަމާ ނީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ މަށެވެ.
މިނިސްޓަރު ވިދާޅުވ މިހާރުގެ ޒުވާނުން ބޭނުން އުފާވެރި މާހައުލެއްގައި ކިޔެވޭނެ މަގު ތަނަވަސްވުމަށް ކަމަށާއި ކުރިއަސް އޮތް ތަނުގައި ޕޮލިޓެކްނިކް ވެގެން ދާނީ ޒުވާނުން އެންމެ ބޭނުންވާ ފަދަ ތަނަކަށް ކަމަށެވެ.
"އެތަނުގައި މިހާރު ކިޔައިވަ އިދެމުން ދަނީ އެންމެ ކުރީގެ ގޮތްތަކަށް އަދިވެސް. ނަމަވެސް ކިޔަވައި ދިނުމުގައި ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ބޭނުން ހިފަން ޖެހޭ،" މާރިއާ ވިދާޅުވި އެވެ. "އަދި އޮންލައިންކޮށް ކިޔަވައި ދިނުމުގެ ފުރުސަތު ވެސް ގާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރި."
ޕޮލިޓެކްނިކް އުފެއްދީ އޭޕްރީލް 12، 2010 ގަ އެވެ. އެތަނުގެ ކެމްޕަސްތައް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަ އެވެ.