Last Updated: July 28, 12:06
Tuesday, July 28, 2026
ޚަބަރު

ފިލިޕީންސްގެ ނޮން-ރެސިޑެންޓް ސަފީރަކަށް ހުސައިން ޝިހާބް

ހުސައިން ޝިހާން ލަންކާގެ ރައީސާ އެކު: އޭނާ ވަނީ ޕިލިޕީސްގެ ނޮން ރެސިޑެންޓް ސަފީރަކަށް އައްޔަންކޮށްފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކް ފިލިޕީންސަށް ދިވެހި ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، މާފަންނު ކަލީ އަލްފާޟިލް ޙުސައިން ޝިހާބް، ޢައްޔަން ކުރައްވައިފި އެވެ.

ފިލިޕީންސަށް ދިވެހި ރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޙުސައިން ޝިހާބް، ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.