Last Updated: July 11, 17:57
Saturday, July 11, 2026
ޚަބަރު

މަޑިފުށި ރިސޯޓުން 5،000 ރުއް އިންދަނީ

މަޑށިފުށި ޕްރައިވެޓް އައިލޭންޑްގެ ފަރާތުން މ. އަތޮޅުގައި 5،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އެތަނުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދަން ނިންމި މި ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކުރީ މި މަހުގެ 25 ރަތްމަންދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މަޑިފުށި ރިސޯޓުން ބުނީ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މ. އަތޮޅުގެ ގިނަ ރަށްތަކުގައި ރުއް އިންދުން ކަމަށެވެ. އެގޮތުން ރުއް އިންދަން ހަމަޖެހިފައިވާ ރަށްރަށަކީ ރަތްމަންދީ، ދިގުރަށް، މުލައް، ވޭވަށް، ނާލާފުށި، މަޑުއްވަރީ، މުލި، ކޮޅުށި އަދި މަޑިފުށި ރިސޯޓެވެ.

މިއީ ސަރުކާރުން ފަށާފައި އޮތް 5،000،000 ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅުވައިގެން މަޑިފުށި ރިސޯޓުން ފެށި ޕްރޮގްރާމެކެވެ.