ޖޯލި ބީން ރިސޯޓުން "އައިލެންޑް ހޯމްސް" ހަދައި، އެތަނުގެ ވިލާތައް ވިއްކާލަން ހުޅުވާލައިފި އެވެ.
ޖޯލިން ވިއްކައިލަނީ 230 އަކަމީޓަރާއި 1،700 އަކަމީޓަރާ ދެމެދުގެ ބޮޑު މިނުގެ އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާ ހަމައަށް ހުންނަ ވިލާތަކެވެ. އޭގެ ތެރޭގައި މޫދުގައި ތަރައްގީކޮށްފައިވާ އޯޝަން ރެސިޑަންސްތަކާއި އެއްގަމުގައި ތަރައްގީކޮށްފައި ހުރި ބީޗް ރެސިޑެންސްތައް ވެސް ހިމެނެ އެވެ.
ޖޯލި ބީން ބުނެފައި ވަނީ އެތަނުގެ ހޯމްތައް ވިއްކައިލި ނަމަވެސް މެނޭޖުކުރާނީ ރިސޯޓުންނެވެ. އަދި ތަންތަން ކުއްޔަށް ދީގެން އާމްދަނީ ލިބޭނެ ކަހަލަ ރެންޓަލް ޕްލޭންތައް ހިމެނޭ ކަމަށް ވެސް ރިސޯޓުން ބުންޏެވެ.
ވެލްނަސް ބްރޭންޑަށް ހާއްސަކޮށްގެން އެންމެ ފުރަތަމަ ތަރައްގީކުރި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރ. އަތޮޅުގައި ހިންގަމިން އަންނަ ޖޯލި ބީންގެ ހުރިހާ ވަސީލަތްތަކެއް ވެސް މި ވިލާތައް ގަންނަ މީހުންނަށް ބޭނުން ކުރެވޭނެ އެވެ.
ހޯމްތައް ވިއްކަން ފަށާ އަގަކީ ފަސް މިލިއަން ޑޮލަރެވެ.