Last Updated: May 12, 22:01
Monday, May 12, 2025
ޚަބަރު

'އުލޫމީ އަށި' އިފުތިތާހުކޮށްފި

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގެ މުވައްޒަފުންގެ މެދުގައި ފަންނީ މަޢުލޫމާތާއި، ތަމްރީނުތަކުން ލިބޭ ތަޖުރިބާ އަދި ދިރާސާތަކުން ހާސިލުކުރެވޭ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަކޮށްފައިވާ "ޢުލޫމީ އަށި" އިފުތިތާހުކޮށްފި އެވެ.

އެ ޕްލެޓްފޯމް އިއްޔެ އިތުފިތާހުކޮށް ދެއްވީ ރަސްމިއްޔާތު އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަޠީފް މުޙައްމަދެވެ.

އޭނަ ވަނީ އެންއައިއީ ފަދަ އިންސްޓިޓިއުޓްތަކަށް މިފަދަ މަންޞަތަކުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި މިފަދަ ޕްލެޓްފޯމްތަކުގެ އެންމެ މުހިންމު ބޭނުމަކީ ހަމައެކަނި މަޢުލޫމާތު ބަދަލު ކުރުން ނޫން ކަމަށާއި، މި މަޢުލޫމާތުން މުވައްޒަފުންނަށާއި، މަސައްކަތަށާއި އަދި މާޙައުލަށް ވެސް އެދެވޭ ބަދަލުތަކެއް އައުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ ރާއްޖެ އިން ބޭރަށް ކުރާ ތަމްރީނު ދަތުރުތަކުގައި ވެސް ހިއްސާކުރަން އޮންނަނީ ހަމައެކަނި ތަމްރީނުތަކުގެ މަޢުލޫމާތު ނޫން ކަމަށާއި، ފެންނަ ތަންތަނާއި ކަންކަމުން އަމިއްލަ ވެށްޓާއި މުޖުތަމަޢާ ގުޅުވައި، އޭގެ ސަބަބުން މަސައްކަތްތަކަށް ލިބިދާނެ ފަސޭހަތަކާއި ފައިދާތަކަށްވެ ސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.