Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

އަންނަ މަހު ފެމިލީ ކޯޓް ރިސެސް އަށް

އަންނަ މަހު ފެމިލީ ކޯޓު ރިސެސްއަށް ދާން ނިންމައިފި އެވެ.

އެ ކޯޓުން ބުނީ ޑިސެމްބަރު އެއްކޮށް އެ ކޯޓް އޮންނާނީ ރިސެސްގައި ކަމަށެވެ. އަދި އެ މުއްދަތުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ ތަފާތު ދާއިރާތަކުން ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް އަމާޒްކޮށްގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ހޭލުންތެރިކަމުގެ ސެޝަންތައް ކުރިއަށް ގެންދިޔުން ކަމަށް ފެމިލޯ ކޯޓުން ބުންޏެވެ.

އެ ކޯޓުން ބުނީ ރިސެސްގެ މުއްދަތުގެ ތެރޭގައި މައްސަލަތައް ކުރިއަށް ގެންދިއުން މަދުވާނެ ކަމަށެވެ. ނަމަވެސް ކައިވެނި އަގުދުކޮށް ދިނުމާއި ޚަރަދު ފައިސާ ބަލައިގަނެ ދޫކުރުމާއި ފަސްކުރެވެން ނެތް ބާވަތްތަކުގެ މައްސަލަތަކާއި ގުޅޭ ޝަރީއަތްތައް ހިންގުމާއި އަމުރު ނެރުން ފަދަ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.