Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

އޭޑީކޭ އިން މެޑިކަލް އިންޓާންޝިޕަކަށް ހުޅުވާލައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ އިން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.

އެތަމުން ބުނީ އަންނަ އަހަރުގެ ޖެނުއަރީ 1 ގައި ފަށަން ހަމަޖެހިފައިވާ ޕްރޮގްރާމުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 20 މީހަކަށް ކަމަށާއި މަހަކު 14،500ރ. ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އެހެންވެ އޭޑީކޭގައި މެޑިކަލް އިންޓާންޝިޕް ހަދަން ބޭނުންވާ ޒުވާން ޑޮކްޓަރުންނަށް މިހާރު އޮތީ އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލާއި ބޭރުގެ ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކޮށްފައިވާ ގިނަ އަދަދެއްގެ ޑޮކްޓަރުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން އިންޓާންޝިޕް ފުރިހަމަކުރެ އެވެ.