Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ސްޓާފް ރަންއިން ޑައިބެޓިކް ސޮސައިޓީއަށް 50،000ރ.

ބީއެމްއެލް ސްޓާފް ޗެރިޓީ ރަން މިއަދު ބާއްވައި ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އަށް 50،000ރ. ގެ އެހީއެއް ދީފި އެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 300 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތުގެ ތެރެއިން ދުވުން ނިންމާލުމަށްފަހު ބޭންކުން ވަނީ ޑައިބެޓިކް ސޮސައިޓީއަށް 50،000 ރ. ހަދިޔާކޮށްފަ އެވެ.

ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ބާއްވާފައި ވަނީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެއިންނެވެ.