Last Updated: August 22, 06:27
Friday, August 22, 2025
ޚަބަރު

ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން ބޭނުން އައްޑޫގެ ޒުވާނުންނަށް ރަނުގެ ފުރުސަތެއް

ޝަންގްރިއްލާގެ ޓްރީ ހައުސް ވިލާއެއް، ފޮޓޯ: ޝަންގްރިއްލާ

ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން ޝައުގުވެރިވާ ޒުވާނުންނަށް ރިސޯޓްތަކުގައި ހިންގާ ބައެއް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނާއި އަވަށްތަކުގެ އަވަށު އޮފީސްތަކުން މިހާރު އަންނަނީ ދޫކުރަމުންނެވެ.

މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ފޯމް ދޫކުރުން ކުރިއަށް ގެންދާއިރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ޔޫތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ ގްރޭޑް 7 ގެ ފެންވަރު ހުރި، އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ ޒުވާނުންނަށް ކަމަށެވެ.

އެއް އަަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ރިސޯޓްތަކުގައި ޕްރެކްޓިކްސް ކުރާ މައިގަނޑު ހުރިހާ ދާއިރާއަކުން ބައިވެރިންނަށް ތަމްރީނު ދެވޭނެ އެވެ.