Last Updated: May 12, 21:14
Monday, May 12, 2025
ޚަބަރު

'ހިޔާ' ޓަވަރުތަކުގެ މީހުންނާ ފުލުހުން ގުޅުން ބަދަހި ކުރަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 'ހިޔާ' ޓަވަރުތަކެއްގައި ދިރިއުޅެމުން އަންނަ ރައްޔިތުންތަކަކާ އެކީ ފުލުހުން ސައެއް ބާއްވައިފި އެވެ.

އިއްޔެ ސައި ބޭއްވީ ހިޔާ 9 އާއި 10 ވަނަ ޓަވަރުގައި އުޅޭ މީހުންނާ އެކީގަ އެވެ. ފުލުހުން ބުނީ

މީގެ ބޭނުމަކީ ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ހިޔާ ސަރަހައްދަކީ އަމާން ރައްކާތެރި މާހައުލަކަށް ހެދުމަށް ބާރު އެޅުން ކަމަށެވެ. ފުލުހުން ބުނީ 'ހިޔާ' ޓަވަރުތަކުގައި އުޅޭ ރައްޔިތުންނާ އެކީ ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހި ކުރުމުގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވަރަށް ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އިރު، ފަހަކަށް އައިސް 'ހިޔާ' ޓަވަރުތަކުގައި ތަފާުތު އެކި ބާވަތުގެ ކުށްތައް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އޭގެ ތެރޭގައި ޓަވަރުތަކުގެ ފްލެޓްތަކުގައި މީހުން ރަހީނު ކުރުމާއި މީސްމީހުން އަތުން އޮޅުވާލައިގެން ފައިސާ ފޭރިގަތުމާއި މާރާމާރީ ފަަދަ އެކި މައްސަލަތައް ހިމެނެ އެވެ.