Last Updated: July 14, 12:00
Tuesday, July 14, 2026
ދުނިޔެ

6.2 މިލިއަނަށް ގަތް ދޮންކެޔޮވައް ކާލައިފި

އެގްބިޝަނެއްގެ ތެރޭގައި ޓޭޕްގަނޑެއް އަޅަައި ޑިސޕްލޭކޮށްފައި އިން ދޮންކެޔޮވަކެއް 6.2 މިލިއަން ޑޮލަރަށް މިދިޔަ ހަފުތާގައި ގަތް މީހާ އެ ކާލައިފި އެވެ.

އެމެރިކާގެ އޮކްޝަން ހައުސްއެއް ކަމަށްވާ ސޮދަބީސް އިން އިންތިޒާމުކޮށްގެން ނިއު ޔޯކްގައި ބޭއްވި އެގްޒިބިޝަންގައި މި މަގޔގެ 21 ވަނަ ދުވަހު އެ ދޮންކެޔޮވައް ގަތީ ކްރިޕްޓޯކަރެންސީ ޕްލެޓްފޯމެއް ކަމަށްވާ 'ޓްރޯން' ގެ ވެރިޔާ ޖަސްޓިން ސަން، 35، އެވެ.

ރެކޯޑް އަގަކަށް ވިކުނު ދޮންކެޔޮވަކަކީ އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓަލަން އެގްޒިބިޝަނެއްގައި އާޓްވޯކެއްގެ ގިތުގައި ދައްކައިލި އެއްޗެވެ. އެ އެގްޒިބިޝަންގައި ދޮންވެފައި އިން ކެޔުވައް އިނީ ޓޭޕްގަނޑަކުން ފާރެއްގައި ތަތްކޮށްފަ އެވެ.

އެ ގަތް ޖަސްޓިން އިއްޔެ އެ ކާލީ މީޑިއާތަކާ އެކީ ބޭއްވި އިވެންތެއްގައި ހޮންކޮންގްގަ އެވެ. އޭގެ ވީޑިއޯ ވެސް އޭނަ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.