Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ލޭ ހަދިޔާ ކުރަން ޕްރޮގްރާމެއް ފަށައިފި

ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު ރާއްޖޭގެ ތިން ސަރަހައްދެއްގައި ފަށައިފި އެވެ.

މިއީ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި، މެޑިކޯސް އާއި މާސީ އިސްނަގައިގެން ބްލަޑް ޑޮނާސް އެމްވީ އާއި ލޭ އެޕް އަދި ރިޕަބަލިކް އޮފް ޑޮނާސް އާއި ގުޅިގެން "އަހަރެމެންގެ ލޭ: އެކުދިންގެ ފުރާނަ" ނަމުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.

މި ކޭމްޕް ކުރިއަށް ގެންދަނީހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށެވެ.

މި ކޭމްޕް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށް ދާނެ އެވެ.

މާސީން ބުނި ގޮތުގައި ކޭމްޕް ކުރިއަށް ދަނީ މާލޭގެ ތެލެސީމިއާ ސެންޓަރުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ގައި ކަމަށެވެ.

އެގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ތިން ސެންޓަރަށް ގޮސްގެން ލޭ ހަދިޔާ ކުރެވޭނެ އެވެ.

މާސީ އާއި މެޑިކޯސްއިން ވަނީ އަލަށް ލޭ ހަދިޔާ ކުރަން ފަސް ނުޖެހި އަލަށް މިކަމަށް ޝައުގުވެރިވާ މީހުންނަށް ވެސް ލޭ ހަދިޔާކޮށް ދޭން އެދިފަ އެވެ.