Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

ބީއެމްއެލަށް 65 އޭޓީއެމް ހޯދަނީ

ބީއެމްއެލްގެ އޭޓީއެމް އެއް--- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އަށް 65 އޭޓީއެމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ބީއެމްއެލްއިން ކުރި އިއުލާނެއްގައި ބުނީ ބޭންކަށް އޭޓީއެމް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ބީއެމްއެލްގެ ހެޑް އޮފީހުގަ އެވެ.

ބީއެމްއެލް އިން 65 އޭޓީއެމް ހޯދަން އިއުލާން ކުރިއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢު ދާދިފަހުން ވަނީ އިފްތިތާހުކޮށްފަ އެވެ.

މިވަގުތު ރާއްޖޭގައި ބީއެމްއެލް ގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.