އެސްޓީއޯ އިން އައްޑޫގައި "ދެކުނު ބޮނޑޮ ބާޒާރު" ގެ ނަމުގައި މާކެޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންތިޒާމުކޮށްގެން އައްޑޫގައި ހުންނަ އެސްޓީއޯގެ ބްރާންޗްތަކާ އެކީ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 5-7 އަށެވެ. އެގޮތުން "ދެކުނު ބޮނޑަ ބާޒާރު" ކުރިއަށް ގެންދަން ނިންމާފައި ވަނީ އައްޑޫ ހައި ސްކޫލްގަ އެެވެ.
އެސްޓީއޯ އިން ބުނީ މި ބާޒާރުގައި އަގުހެޔޮކޮށް ވަރަށް ގިނަ ބާވަތްތަކުގެ ތަކެތި ގަންނަން ލިބޭނެ ކަމަށެވެ. އެގޮތުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބުންޏެވެރ.
އެހެންވެ "ދެކުނު ބޮނޑޮ ބާޒާރު" އަކީ ކުރިއަށް އޮތް ރޯދަ މަހަށް ގެއަށް ބޭނުންވާ ބައެއް ތަކެތި ގަންނަން އާންމުންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.