ރާއްޖޭގެ އެންމެ މަތީ ކޯޓްތައް ކަމަށްވާ ސުޕްރީމް ކޯޓާއި ހައި ކޯޓް ވެސް ރިސެސް އަށް ހިނގައްޖެ އެވެ.
ސުޕްރީމް ކޯޓުން ބުނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް އެ ކޯޓު އޮންނަނީ ރިސެސްގައި ކަމަށެވެ.
އެހެންވެ ކޯޓުތަކުގެ ގާނޫ ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރަށް، ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށް އެ ކޯޓޫން ބުންޏެވެ.
ހައި ކޯޓް ރިސެސް އަށް ދިޔައީ އިއްޔެ އިން ފެށިގެން މި މަހުގެ ނިޔަލަށެވެ.
ނަމަވެސް މި މުއްދަތުގެ ތެރޭގައި ސެކްޝަނުން ބީ12 ގައި ބަލާ މައްސަލަތަކާއި މޮނިކޮން އަމުރުތަކާއި އަވަސް ތަބީއަތުގެ އަމުރުތަކާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުތަކާއި އިޖުރާއީ އިއުތިރާޒާ ގުޅޭ ނިންމުންތަކުގެ ތެރެެއިން މުއްދަތު ހަމަވާ މާއްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
އަދި ރިސެސްގެ މުއްދަތުގައި ހުކުމް ކުރަން ބާއްވާ ޝަރީއަތުގެ މަޖިލީސް ބޭއްވޭނެ ކަމަށް ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ. އެވެ.
ހައިކޯޓާއި ސްޕްރީމް ކޯޓު ރިސެސްއަށް ދިޔަ އިރު މިއަދިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ފެމިލީ ކޯޓް ވެސް ވަނީ ރިސެސް އަސް ގޮސްފަ އެވެ. ކްރިމިނަލް ކޯޓު ރިސެސްއަށް ދާނީ މި މަހުގެ 15 އިން މަހުގެ ނިޔަލަށެވެ.