Last Updated: May 15, 09:27
Thursday, May 15, 2025
ޚަބަރު

އެފްޑީސީން 13،000 ހައުސިން ޔުނިޓް ހަދަނީ

މާލެ ސަރަހައްދުގައި އިތުރު 13،000 ހައުސިން ޔުނިޓް ތަރައްގީ ކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީ) އިން ނިންމައިފިއެވެ.

އެ ކުންފުނީހެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ މާލެ ސަރަޙައްދުގައި އިޖުތިމަޢީ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ.

އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި މި އަހަރުގެ ކުރީކޮޅު ސްރީލަ ންކާގެ ކުންފުންޏަކާއެކު 3،000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ހަމްދާން ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށް ގެންދަނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ހަމްދާން ވިދާޅުވީ ބޭރުގެ އިތުރު ދެ ކުންފުންޏަކާ އެކު ޖުމުލަ 10،000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ފްރޭމް ވޯކް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ ބޭރުގެ އެކި ފައިނޭންސް އެޖެންސީތަކުން ލޯނު ނަގައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ދެ މަސްދުވަހުގެ ތެރޭގައި އެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ހޯދުމަށް ސަރުކާރަށް ހުށައަޅާނެ. ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މަޝްރޫޢުތައް އިފްތިތާހު ކުރާނެ،" ހަމްދާން ވިދާޅުވި އެވެ. "ސޯޝަލް ހައުސިން ބޭނުންވާ ކޮންމެ ރަށެއްގައި އެފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް."

އެފްޑީސީން 13،000 ހައުސިން ޔުނިޓްގެ މަޝްރޫއަކަށް ތައްޔާރީޔައްވާ އިރު، އެ ކުންފުނީގެ ދަށުން މިހާރު ކުރިއަށް ގެންދާ މަޝްރޫއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ 4000 ފްލެޓް މަަޝްރޫއު އެވެ.