Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

ކުޅިވަރު މާސްޓަޕްލޭންގެ ތަފުސީލުތަކެއް އާންމުކޮށްފި

ރާއްޖޭގެ ކުޅިވަރުގެ 20 އަހަރު ދުވަހުގެ މާސްޓަ ޕްލޭނުގެބައިތައް ސްޕޯޓްސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މި ޕްލޭނުގެ އެންމެ ބޮޑު އަމާޒަކީ 2030-2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ޕޯޑިއަމް ފިނިޝިން ނުވަތަ މެޑެއްޔެއް ހޯދުމެވެ. އަދި 2036-2040 ވަނަ އަހަރުގެ އޮލިމްޕިކްސް އިން ދިވެހި އެތުލީޓުން މެޑެލް ހޯދުން ވެސް އަމާޒަކަށް ހިމަނާފައިވެ އެވެ.

ޕްލޭނުގައި ސްކޫލް މާހައުލުން ފެށިގެން ކޯޗުން ބިނާކުރުމާއި، ބޮޑެތި ގޭމްސްތައް ރާއްޖޭގައި ބޭއްވުމާއި، މޮޅެތި އެތުލީޓުން އުފެއްދުމަށް ކުރާނެ ކަންކަން ވެސް ހިމަނާފައިވެ އެވެ.

އަދި ކުޅިވަރުގެ މާސްޓަރކަލަންޑަރެއް އެކުލަވާލުމާއި، އެސޯސިއޭޝަންތައް ބާރުވެރިކުރުމާއި، ކޯޗުންނާއި ކުޅިވަރުގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީނުކުރުމާއި، ސްކޫލުތަކުގެ ކުޅިވަރު ހަރަކާތްތައް މެނޭޖުކުރާނެ އުސޫލުގެ އިތުރުން ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުން ވެސް ހިމަނާފައިވެ އެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ތަޖުރިބާކާރުންގެ ވެސް އެހީއާ އެކީ ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.