Last Updated: May 12, 22:01
Monday, May 12, 2025
ޚަބަރު

ފުލުހުންތަކެއް ޗައިނާގެ ސެމިނާއަކަށް

ޗައިނާގައި ބާއްވާ ސެމިނާއެއްގައި ބައިވެރިވާން ފުލުހުންތަކެއް އެ ގައުމަށް ފުރައިފި އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން އިންތިޒާމުކޮށްގެން ހިންގާ "ސެމިނާ ފޯރ އިންޓަމީޑިއެޓް އެންޑް ސީނިއާ ޕޮލިސް އޮފިސާސް" ގައި ބައިވެރިވާން ފުރީ 15 ފުލުހެކެވެ.

މި ސެމިނާ ކުރިއަށް ދާނީ ޗައިނާގެ ހައިނަން ޕްރޮވިންސްގެ ހައިކޫގަ އެވެ. އެއީ މިއަދުން ފެށިގެން މި މަހުގެ 14 އާ ހަމައަށެވެ.

މި ސެމިނާގައި ބައިވެރިވާ ފުލުހުންގެ އޮފިސަރުންގެ ތެރޭގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސަޢީދާއި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް މުޙައްމަދު ދިމްހާމާއި ނަސްރުﷲ ޖަލީލުގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 12 ފުލުހަކު ހިމެނެ ވެ.

މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ގާނޫނީ ވިސްނުންފުޅުތަކާއި،
ޗައިނާގެ ފުލުހުންގެ ސްޓްރެޓެޖީ، ފުލުހުންގެ ލީޑަރޝިޕް، ފްރޯޑް ހުއްޓުވުން، ކޮމިއުނިޓީ ޕޮލިސިން ނިޒާމު އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެ އެވެ. މީގެ އިތުރުން، މައްސަލަތައް ތަހުގީގު ކުރުމާއި، ކެލިގްރަފީ އަދި ސްވޮޓް ޓެކްޓިކްސްއާއި ތާއި ޖީ (ސެލްފް ޑިފެންސް) އާ ގުޅޭ އަމަލީ ތަމްރީނުތައް ވެސް މި ސެމިނާގައި ހިމެނެއެވެ.

ފުލުހުން ބުނީ މި ސެމިނާގައި ދިވެހި ފުލުހުންތަކެއް ބައިވެރިވުމަކީ ޗައިނާގެ ފުލުހުންގެ ތަޖުރިބާއިން އުނގެނި، އަދި ދެ ގައުމުގެ ފުލުހުންނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިއްމު ފުރުސަތެއް ކަމަށެވެ.