Last Updated: July 19, 11:46
Saturday, July 19, 2025
ޚަބަރު

ބީޗް ވޮލީގެ 2 މުބާރާތަކަށް ހުޅުވާލައިފި

މި މަހު ބާއްވަން ހަމަޖެހިފައިވާ ބީޗް ވޮލީގެ ދެ މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ހުޅުވައިލީ ގައުމީ ބީޗް ވޮލީބޯޅަ ލީގަށާއި ގައުމީ ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕަށެވެ. މި މުބާރާތްތައް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 12-25 އަށް ހުޅުމާލެ ރެޑްބުލް ބީޗް ވޮލީ ބޯޅަ ކޯޓުގަ އެވެ.

ދެ ޑިވިިޝަނަށް ހާއްސަކޮށްގެން މުބާރާތުގައި ބައިވެރިވެވޭނީ ބީޗް ވޮލީ ކުޅޭ ފަރާތްތަކަށެވެ.

މުބާރާތްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑި އަކީ ޓީމް ލިސްޓް ވެސް ހުށަހަޅަން ޖެހޭ ގޮތަށް މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު އިން ހޯދޭނެ އެވެ.