ސަބްސިޑީއާ ގުޅޭ މަޝްވަރާއެއް އެންސްޕާ އާއި ފެނަކައާ ދެމެދު މިއަދު ބާއްވައިފި އެވެ.
ފެނަކައިގެ އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެންސްޕާގެ ފަރާތުން އިސްކޮށް ހުންނެވީ ސީއީއޯ ހީނާ ވަލީދެވެ. ފެނަކައިގެ ފަރާތުން ހުންނެވީ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ސަރުކާރުން ދޭ ސަބްސިޑީ އިސްލާޙުކުރުމުގެ މަސައްކަތާއި، ޑައިރެކްޓް ސަބްސިޑީ ދިނުމާ ގުޅޭ ގޮތުން ކަމަށް ފެނަކަ އިން ބުންޏެވެ.
ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދެވޭ ގޮތަށް އެންސްޕާ އިން އަންނަނީ އިސްލާހީ ބަދަލުތަކެއް ގެންނަމުންނެވެ.