Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކުލަ ގަދަކޮށް އާ އަހަރު ފާހަގަ ކުރާނެ: އަސްވާޑް

ކުރިއަށް އޮތް އާ އަހަރު ކުލަ ގަދަކޮށް ފާހަގަކުރުން އޮންނާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު އަސްވާޑު) ވިދާޅުވެއްޖެ އެވެ.

މީޑިއާއަކަށް އޭނަ ވިދާޅުވީ 2025 އަށް މަރުހަބާ ކިޔުން ކުލަގަދަކޮށް ބޭއްވި ނަމަވެސް އެކަން ފާހަގަ ކުރާނީ މީގެ ކުރިން އެކަން ކުރި ގޮތާ ވަރަށް ތަފާތުކޮށް ކަމަށެވެ.

ނަމަވެސް އޭގެ ތަފުސީލެއް ނުދެއްވައި މިނިސްޓަރު ވިދާޅުވީ "އެއީ ސަޕްރައިޒެއް" ކަމަށެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް އާ އަހަރު ފާހަގަކުރުން ސަރުކާރުތަކުން ކުލަގަދަކޮށް ބާއްވަ އެވެ. އެގޮތުން ހަވާ އެރުވުމާއި ބޭރުގެ ފަންނާނުން ގެނެސްގެން މިއުޒިކް ޝޯ ބޭއްވުން ހިމެނެ އެވެ.