އިކޮނޮމިކް މިނިސްޓްރީން "2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް" ގެ ނަމުގައި ފޮތެއް ނެރެފި އެވެ.
އެ ފޮތް ނެރެދެއްވީ މިނިސްޓަރު މުޙައްމަދު ސައީދެވެ.
މި ފޮތަކީ ރާއްޖޭގެ މުސްތަޤުބަލުގެ ތަރައްޤީއަށް މަގުދައްކައިދޭ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. ފޮތުގައި ފާއިތުވި އަހަރު ހާސިލުކުރެވުނު ކަންތައްތައް ފާހަގަކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ޤައުމު ތަރައްޤީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ޗާޓެއް ކުރަހާލާފައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމުގެ ބިންގާ އެޅުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ވެސް ފޮތުގައި ހިމަނާފައިވެ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މި ފޮތަކީ، ވަރުގަދަ އިގުތިޞާދަކާ ދިމާއަށް ހިރާއްޖެ ގެންދިއުމަށް މަގު ދައްކައިދޭ ތަޞައްވުރެެއް ކަމަށް މިނިސްޓްރީން ބުންޏެވެ.