Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

އެމްއެސްޕީއޭ ފިލްމު އެވޯޑްސްގައި 19 ފިލްމެއް

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފިލްމު އެވޯޑްސްގައި 19 ފިލްމެއް ބައިވެރިކޮށްފި އެވެ.

ބައިވެރިކުރި ފިލްމުތައް ހިމަނައިގެން ބާއްވާ ފިލްމު ފެސްޓިވަލްގައި ފިލްމުތައް ދައްކާނެ ތާރީހުތަކުގެ ތާވަލު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެމްއެސްޕީއޭ އިން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެން ބާއްވާ ފެސްޓިވަލަށް ހުށަހެޅި ފިލްމުތަކާ އެކީ ބުނީ އޮލިމްޕަހުގައި ފެސްޓިވަލް ކުރިއަށް ދާނީ މި މަހުގެ 22-28 އަށް ކަމަށެވެ.

ފެސްޓިވަލުގައި ފިލްމުގެ ޓިކެޓްތައް ވިއްކާނީ 50ރ. އަށެވެ. ސީޒަނަލް ޓިކެޓުގެ ގޮތުގައި 500ރ. އަށް ހާއްސަ ޓިކެޓެއް ވިއްކާނެ އެވެ. އެއީ މުޅި ފެސްޓިވަލަށް ވަދެވޭ ގޮތަށް ވިއްކާ ޓިކެޓެކެވެ.

އެމްއެސްޕީއޭ އިން ބާއްވާ ފުރަތަމަ ފިލްމު އެވޯޑު ހަފުލާ އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

އެވޯޑް ދޭން ހަމަޖެހިފައި ވަނީ 29 ކެޓަރަގަރީއަކުންނެވެ. މީގެ އިތުރުން ކުރީގެ މަޝްހޫރިު އެކްޓަރު ޗިޅިޔާ މޫސާ މަނިކުގެ ނަމުގައި ދެ ލައިފްޓައިމް އެވޯޑް ދޭން ހަމަޖެހިފައިވެ އެވެ.

މި އެވޯޑް ހާއްސަކުރީ 2018 ގެ ޖެނުއަރީން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފިލްމުތަކަށެވެ.

އެމްއެސްޕީއޭ އަކީ ރާއްޖޭގެ ތަޖުރިބާކާރު ފިލްމީ ތަރި، މުހައްމަދު ރަޝީދު (ދަރާ) އިސްކޮށް ހުރެގެން ހިންގާ ޖަމިއްޔާއެކެވެ.